Minggu, 07 Oktober 2007

ޚްލާގީ ފަތުރުވެރިކަމަށް” އިސްނެގުމަށް އަންނި އިނގިރޭސި ވިލާތުގައި ގޮވާލައްވައިފ

ި


ލިޔުނީ މުހައްމަދު އަޝްރަފް
އާދީއްތަ, 07 އޮކުޓޫބަރު 2007

ޓޫރިސްޓްން ރާއްޖެ އައިސް ރާއްޖޭގެ ކަންކަން ބަލައި އެމީހުންގެ ގައުމުތަކުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް އެކަންކަން އިސްލާހުކޮށްދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ޗެއާޕާސަން މުހައްމަދު ނަޝީދު އަންނި ގޮވާލައްވައިފިއެވެ.

އަންނި މިކަމަށް ގޮވާލެއްވީ އިނގިރޭސި ވިލާތުގައި ކުރިއަށްދިޔަ ކޮންޒާވެޓިވް ޕާޓީގެ އަހަރީ މަހާސިންތާގައި ވާހަކަ ދައްކަވަމުންނެވެ. އިނގިރޭސި ވިލާތުގެ ބެލެކްޕޫލުގެ ވިންޓަރ ގާރޑްންސްގައި ހޯމަ ދުވަހު އޮތް މާހާސިންތާގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅަށް ބިނާކޮށް ފޯނުން އިއްޔެ މިނިވަނަން ދެއްވި ބަސްތީގަތުމެއްގައި އަންނި ވިދާޅުވީ ޓޫރިސްޓުން ރާއްޖެއައުމަށް ރަނގަޅީ ރާއްޖޭގެ ކަންކަން ވަރަށް ރަނގަޅަށް ދެނެތިބެގެން ކަމަށެވެ.

“ޓޫރިސްޓުންނަށް އެކަން ވަރަށް ރަނގަޅަށް އެނގެންޖެހޭނެޔޭ ރާއްޖޭގެ ކަންކަމާއި ރައްޔިތުންގެ ހާލަތާ މިކަންކަމުގެ ގޮތް ވަރަށް ރަނގަޅަށް އެނގި ދެނިތިބެގެނޭ އަންނަން ރަނގަޅީ، އެމީހުން އެކަން އެމީހުންގެ ލޮލުން ބަލައި އެމީހުންނަށް އެކަމަށް ވެވެން އޮތް އެހީތެރިކަމެއް އެމީހުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ރާއްޖޭގެ ކަންކަން އިސްލާހުކުރުމަށް ބޮޑަށް ބާރު އަޅައިދޭށޭ އަޅުގަނޑުމެން އެދެނީ” އަންނި ވިދާޅުވިއެވެ.

މިގޮތަށް އިލްތިމާސް ކުރުމަށް ޖެހިވަޑައިގެން ފުރަތަމަ ސަބަބަކީ އަވަހަށް ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށް އަންނި ވިދާޅުވިއެވެ. އަދި ބޭރުދުނިޔޭގެ ފަރާތްތަކާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރައީސް މައުމޫނު އުފެއްދި ރޯޑް މެޕްގެ ހުރިހާ ތާރީހުތަކެއްވެސް މިހާރު ފަހަނައަޅައިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ރަށްތަކުގެ ރކ.ކޮމެޓީތައް އަލުން އިންތިހާބުކުރުން އަންނައިރު 1980 ވަނަ އަހަރު އުފައްދާފައުވާ ރކ.ކޮމެޓީ ގަވައިދަށް އެއްވެސް އިސްލާހެއް ނުގެންނަ ކަން އަންނި ފާހަގަ ކުރެއްވިއެވެ.

“އަލަށް ވަޒީރެއް ވަޑައިގަންނަވާ އެވަޒީރު ވަރަށް ބޮޑަށް ވައުދުވެ ވަޑައިގެންނެވި ކަތީބުން އިންތިހާބްކޮށްދެއްވާނެ ކަމަށް. އެކަމު އެބޭފުޅާ އެމަގާމު ދޫކޮށްލައްވާ އެވަޑައިގަންނަވަން ޖެހުނީ މައުމޫނު އެއްގޮތަކަށްވެސް ވެރިކަމުގެ ފަރާތުން އިސްލާހުތައް ކުރިއަށްގެންދަވަން ނުއުޅުއްވާތީ، އެކަމަށް އަޅުގަނޑުމެންނަށް އެޅެން ހުރި ބާރެއް އެޅެން ހުރި ދިމާލަކުން އެޅުން ބޭނުމަކީ. އަދި އަޅަމުން ކުރިއަށްގެންދާނަންވެސް މެ” އަންނި ވިދާޅުވިއެވެ.

ސަލްޓަންޕާކުގައި ގޮއްވާލި ބޮމުގެ ހާދިސާއަށްފަހު އެކަމުގެ ތުހުމަތު މީގެ ދެތިން އަހަރުކުރިން ރާއްޖޭގެ ޓޫރިޒަމް ބޮއިކެޓްކުރުމަށް އުޅުނު ފަރާތްތަކުގެ ބޮލުގައި އަޅުވާފައިވާތީ އެކަމަށް އަންނި ފާޑު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫނުގެ ވިދާޅުވި ވިދާޅުވުމަކީ ވަރަށް ފިނޑި، ވަރަށް ހަގީގަތާ ހިލާފު ވަރަށް ދަށުދަރަޖައިގެ ވިދާޅުވުމެއް ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި އެމްޑީޕީ އެންމެ ފުރަތަމަ އުފެދުނީންސުރެއް ފަށައިގެންވެސް އެއްވެސް އިރެއްގައި ޓޫރިޒަމް ބޯއިކެޓް ކުރުމަށް ގޮވާލާފައިނުވާނެ ކަމަށް އަންނި ވިދާޅުވިއެވެ.

“އަޅުގަނޑުމެން މީގަ މިފާހަގަ ކުރަނީ ދެތިން ކަމެއް، އެއްކަމަކީ ޓޫރިޒަމާ ގުޅިގެން އެލިބޭ ލާރިއާ އެކީގަވެސް ހިނގާ ހުރިހާ ކަމަކަށް އެއަންނަ މީހުންވެސް ބަލަން، އަނެއް ކަމަކީ ބައެއް ރިސޯޓް އޯނަރުން، ވެރިން އެބަގެންގުޅެޔޭ ކަނޑައެޅިގެން މިހާރު މިރާއްޖޭގައި މިއޮތް ހުދުމުހުތާރު ބާވަތަށް ރާއްޖޭގެ ވެރިކަން ބާއްވަން ގަދައަޅާ މަސައްކަތްކުރާ ބައެއް، އެމީހުންނާ ދޭތެރޭ ވިސްނާށޭ، އެމީހުންގެ ރިސޯޓްތަކަށް އައުމާ ދޭތެރޭގަވެސް ވިސްނާށޭ، އެއީ އެމީހުންނަށްވެސް އެބަ އިހުސާސްވާން ޖެހެޔޭ އެގޮތަށް ބާރުއަޅައިގެން އެމީހުންގެ ވިޔަފާރިތަކަށް ގެއްލުން ވެދާނެ ކަމަށް” އަންނި ވިދާޅުވިއެވެ.

ސަލްޓަންޕާކުގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއާ ގުޅިގެން އެމްޑީޕީގެ ބޮލުގައި ރައީސް މައުމޫނު އެޅުވި އިލްޒާމާ ދޭތެރޭ އަންނި ވިދާޅުވީ ބަލިވަމުންދާއިރުގައި ޖެހުނު ގޮތަކަށް ޖަހަން ބަލާނެ ކަމަށެވެ.

“ފެތެމުންދާއިރުގައި އެއްލާނެ އެވަކި، ފަހުވަކި، އެވަކީގަ ރައީސް މައުމޫނު އެ އެދިލައްވަނީ، އަޅުގަނޑުމެން އެބޭފުޅާއަށް އިލްތިމާސް ކުރަނީ ތިހެން ނަހައްދަވާށޭ، ގާނޫނު އަސާސީގެ ކަންތައް ފުރިހަމައަށް ބާރަށް ގެންދެވޭނެ ގޮތެއް ރާވަވާށޭ، އިންތިގާލީ ޓްރާންސިސްނަލް އެރޭންޖްމަންޓްގެ ކަންތައް އަވަހަށް ނިންމަވާށޭ” އަންނި ވިދާޅުވިއެވެ.

ރައީސް މައުމޫނަން އަންނި ގޮވާލެއްވީ ގާނޫނު އަސާސީ 30 ނޮވެމްބަރުގައި ތަސްދީގް ކުރެއްވުމަށްފަހު ވަގުތީ ސަރުކާރެއްގެ ދަށުން ފުރަތަމަ މަލްޓިޕާޓީ އިންތިހާބާ ހަމައަށް ގެންގޮސް ދެއްވުމަށެވެ.

“މިހާރު އޮއިވަރާ އިދިކޮޅަށް ފަށަން އުޅުއްވަންޏާ އިދިކީއްޏަށް ރޮންދާ ދަމަން އުޅެންޏާ އޭގެން ލިބޭނީ ގެއްލުމޭ” އަންނި ވިދާޅުވިއެވެ.

އިނިގިރޭސި ވިލާތުގެ ބްލެކްޕޫލްގައި ސެޕްޓެމްބަރ 30 އިން ފެށިގެން 3 އޮކްޓޫބަރުގެ ނިޔަލަށް ކުރިއަށްދިޔަ ކޮންޒާވެޓިވް ޕާޓީގެ އަހަރީ މަހާސިންތާގައި ބައިވެރިވުމަށް އެމްޑީޕީގެ ރައީސް ޑރ.މުހައްމަދު މުނަންވަރުވެސް ވަނީ ވަޑައިގަންނަވާފައެވެ. މިދިޔަ ހޯމަ ދުވަހު ވިންޓަރ ގާރޑްންސްގައި އޮތް މާހާސިންތާގެ ބައްދަލުވުމުގައި ޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވަނީ “މިނިވަންކަމާއި އިންސާނީ ހައްގައް ބިނާކޯށް ހާރިޖީ ސިޔާސަތު ކަނޑައެޅުން” މި މައުޟޫއުގެ މައްޗަށް ވާހަކަ ދައްކަވާފަ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

0 Responses to “ޚްލާގީ ފަތުރުވެރިކަމަށް” އިސްނެގުމަށް އަންނި އިނގިރޭސި ވިލާތުގައި ގޮވާލައްވައިފ”

Posting Komentar