Minggu, 21 Oktober 2007

ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރަނީ ބޭރުމީހުން: ކަސްޓްމްސް


image

ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރަމުން ގެންދަނީ ރާއްޖެއިން ބޭރުމީހުންކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކުރައްވައިފިއެވެ.

2005 ވަނަ އަހަރުގެ ނޮވެންބަރުމަހުން ފެށިގެން މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރަނިކޮށް އަތުލެވިފައިވަނީ " ހެރޮއިން " ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއްވިއެވެ.

މިތަކެތި ރާއްޖެއަށް އެތެރެ ކޮށްފައިވަނީ ރާއްޖެއާ އަވަށްޓެރި ގައުމެއްކަމުގައިވާ އިންޑިޔާ މަގުން، ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތު ދެއްވިއެވެ. މިގޮތުން މޯލްޑިވްސް ކަސްޓަމްސްއިން ވަނީ މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެ ކުރުން ހުއްޓުވުމަށް ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެއް އަޅުއްވާފައި ކަމަށް ވިދާޅުވިއެވެ.

މިގޮތަށް ލިބޭ މަޢުލޫމާތުގެ އަލީގައި ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެވާ މަގުތައް، ބަންދުކުރުމަށް ކަސްޓަމްސްއިން މިހާރުގެންދަވަނީ މިސަރަޙައްދުގެޤައުމުތަކުގެ ކަމާއިބެހޭ ދާއިރާތަކާއި ގުޅިގެން ގިނަމަސައްކަތްތަކެއް ކުރައްވަމުން ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.

ދިވެހި ރާއްޖޭގެ ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެ ކުރަން އުޅޭ ފަރާތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ކަސްޓަމްސްއިން ވަނީ ފައިސާގެ ބޮޑުއަދަދެއްގެ އިނާމެއް ދޭގޮތަށް ހަމަޖައްސަވައި 24 ގަޑީއިރު އެ މައުލޫމާތުތައް ބަލައި ގަތުމުގެ އިންތިޒާމް ހަމަޖައްސަވާ ފައެވެ.

އޭގެ ތެރޭގައި އެތެރެކުރަން އުޅެނިކޮށް އަތުލެވޭ މަސްތުވާތަކެތީގެ ޢަދަދު 100 ގްރާމަށްވުރެ މަދުނަމަ 5000ރުފިޔާ، އާއި އެތެރެކުރަން އުޅެނިކޮށް އަތުލެވޭ މަސްތުވާތަކެތީގެ ޢަދަދު 100 ގްރާމު ހަމަވާނަމަ 6000 ރުފިޔާ، އާއި އެތެރެކުރަން އުޅެނިކޮށް އަތުލެވޭ މަސްތުވާތަކެތީގެ ޢަދަދު 100 ގްރާމަށް ވުރެން އިތުރުވާ ނަމަ ކޮންމެ 100ގްރާމަކަށް 1000 ރުފިޔާ ވަނީ ހަމަޖައްސަވާފައެވެ. އަދި މިގޮތަށް އެއްމައްސަލައެއްގައި ފައިސާގެ އިނާމު ދެވޭ އެންމެ މަތީ ޢަދަދަކީ 15000 ރުފިޔާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން މަޢުލޫމާތު ދެއްވައެވެ.

މިކަމަށްޓަކައި، ހިލޭ ގުލޭ ނަމްބަރ 1416ތަޢާރަފް ކުރެއްވުމާއި ގުޅިގެން 352 ކޯލް ލިބިފައިވާކަމަށާއި މިފަދަ މަޢުލޫމާތު ތަކަކީ ސިއްރު މަޢުލޫމާތުގެ ގޮތުގައި ބެހެއްޓޭ މަޢުލޫމާތުތަކެއް ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއްވިއެވެ.

0 Responses to “ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރަނީ ބޭރުމީހުން: ކަސްޓްމްސް”

Posting Komentar