Do you like this story?
21 October 2007 | sharin
އައްޑުއަތޮޅު ހިތަދޫގައިހުންނަ ޔުނިސެފް ކޮންސަލްޓަންޓެއްގެ ގެއަށްވަދެ ވައްކަން ކޮށްފިއެވެ. އައްޑޫ ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި މި ވައްކަމުގައި އެ ކޮންސަލްޓަންޓްގެ ލެޕްޓޮޕާއި، ބައެއް ގަހަނާއާއި، ކެމެރާއާއި، ޑީވީޑީ ޕްލެޔަރ ގެ އިތުރުން ޕާސްޕޯޓާއި އެހެނިހެން ބައެއް ސާމާނުވަނީ ވަގަށް ނަގައިފައެވެ. މިވައްކަމުގެ ރިޕޯޓު ކުރިތާ 48 ގަޑިއިރުގެ ތެރޭގައި އެ ވައްކަން ކުރިބަޔަކާއި އެތަކެތި ޕޮލިހުން ހޯދައި ވެރިފަރާތާ ޙަވާލު ކުރެވިފައިވާކަމަށްވެސް ޕޮލިހުން މަޢުލޫމާތު ދެއްވިއެވެ. އައްޑޫ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މި ވައްކަމުގައި ޕޮލިހުންގެ ބެލުމުގެދަށަށް ގެނެވުނީ 18 އަހަރުންދަށުގެ ދެ ކުއްޖެއްކަމުން އެކުދިންގެ ނަންހާމައެއް ނުކުރެވޭނެއެވެ. މިކުދިންނަކީ މީގެ ކުރިންވެސް މިފަދަ ވައްކަމުގެ ތުހުމަތުތަކުގައި ޕޮލިހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ދެކުދިން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ
0 Responses to “ހިތަދޫގައި ހުންނަ ޔުނިސެފް ކޮންސަލްޓަންޓެއްގެ ގެއިން ބޮޑުވައްކަމެއްކޮށްފި”
Posting Komentar