Senin, 08 Oktober 2007

ބެރިންމަދޫއަށް ބީލަން ހުށަހަޅައިފ

ި

Jazeera Daily

އަބްދުﷲ ފާއިގް ހަވީރު، 16:28
ޓޫރިސްޓް ރިޒޯޓުގެގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ހއ ބެރިންމަދޫއަށް ޖުމްލަ 7 ފަރާތަކުން ބީލަން ހުށަހަޅާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރިން ބުނެފި އެވެ.

ބެރިންމަދޫއަށް ހުށަހަޅާފައިވާ ބީލަންތައް ހުޅުވުމަށް މިއަދު މެންދުރު ފަހު ނަސަންދަރާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން މަހުމޫދު ރާޒީ ވިދާޅުވީ މުޅި ޖުމްލަ 11 ފަރާތަކުން ބީލަން ފޮތް ގަނެފައިވާ ކަމަށާއި ބީލަން ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވިއިރު ބީލަން ހުށަހަޅާފައިވަނީ 7 ފަރާތަކުންކަމަށެވެ.

ބެރިންމަދޫއަށް ބީލަން ހުށަހަޅުވާފައިވަނީ އަލީ ރަޝީދު އާދަމް ނޫވިލާގެ, އދ މާމިގިލީ, އިބްރާހިމް ޒާހިރު, ރޭއަލިވާގެ ސ ހިތަދޫ, އަހުމަދު އިބްރާހިމް ދީދީ, ނިޔާޒާ ވިލާ, އެމިރާލްޑު ރިސޯޓު ޕްރައިވެޓް ލިމްޓެޑުން, އަހުމަދު ޝިޔާމް މުހައްމަދު . ގ ސަންސެޓު, ސަން އިންވެސްޓުމަންޑުން އަދި ސަމުސުލު މުނާ, އަލަނާސިގެ, ސ ފޭދޫއެވެ. މީގެ ތެރޭއިން އެންމެ މަތީ ކުއްޔެއް ހުށަހަޅަފައިވަނީ ސަން އިންވެސްޓުމަންޑުން ޕްރައިވެޓް ލިމްޓެޑުންނެވެ. އެފަރާތުން 10 އަހަރުގެ މުއްދަތަ ކޮންމެ އަހަރަކުން އެނދު ކުލީގެ ގޮތުގައި 7000 ޑޮލަރު ހުށަހަޅާފައިވެއެވެ.

ބީލަން ކާމިޔާބުކުރާ ފަރާތަށް އެކަން އަންގާތާ 10 ދުވަހުގެ ތެރޭގައި 10 އަހަރުގެ ކުއްޔަށް ހުށަހަޅާ ޢަދަދުގެ 15 އިންސައްތަ ދައްކަންޖެހެއެވެ. އަދި އެޢަދަދަކީ ފަސް މިލިއަން ޑޮލަރަށްވުރެ ދަށް ޢަދަދެއްނަމަ ފަސް މިލިއަން ޑޮލަރު އެޑްވާންސް ކުލީގެ ގޮތުގައި ހުށަހަޅަންޖެހެއެވެ. ބީލަމުގައި އިތުރު މާކްސް ދިނުމަށް ހަމަޖައްސާފައިވަނީ, ދިވެހި މުވައްޒަފުންނަށް އިސްކަން ދިނުމާއި މީހުން ބިނާކުރުމަށް 35 އިންސައްތަ އަދި ހެލްތު އިންޝުއަރެންސަށް 20 އިންސައްތަ މާކްސް ދޭގޮތަށެވެ.

މީގެ އިތުރުން ބެރިންމަދޫއާއި އެއްކޮށް ސަރުކާރުން ބީލަމަށް ލެއްވި އަނެއް ރަށްކަމަށްވާ ހއ ހަތިފުށީގެ ބީލަށް ސަރުކާރުން މިހަރުވަނީ ކެންސަލުކޮށްފަ އެވެ.

0 Responses to “ބެރިންމަދޫއަށް ބީލަން ހުށަހަޅައިފ”

Posting Komentar