Senin, 08 Oktober 2007

ގެސްޓް ފިހާރަތަކުގެ ވިޔަފާރި ދަށަށް ހިނގައްޖެ

މުހައްމަދު އަފްރާޙް އޮކްޓޫބަރ 3، 16:33 0 ޚިޔާލު

ވޭތުވެދިޔަ ސެޕްޓެމްބަރ މަހު 29 ވީ ހޮނިހިރު ދުވަހު ރާއްޖޭގެ ވެރިކަންކުރާ ރަށް މޭލޭގައި ފަތުރުވެރިން ގިނަ ޢަދަދަކަށް ޒިޔާރަތްކޮށް ހަދާ ތަނެއްކަމަށްވާ ސަލްޓަންޕާކުގައި ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ގެސްޓް ފިހާރަކުގެ ވިޔަފާރި ދަށަށް ގޮސްފައިވާ ކަމަށް އެވިޔަފާރި ކުރާ ފަރާތްތަކުން ބުނެފިއެވެ.

މާލޭގައި ގެސްޓުންނަށް ހަދާނީ ހަދިޔާ ވިއްކާ މަޝްހޫރު ފިހާރައެއް ކަމަށްވާ ލައުސަން ފިހާރައިން ވާހަކަ ދެއްކި އިސްފަރާތެއް ބުނީ ޙަމަލާގެ ކުރިން ދުވާލެއްގެ މައްޗަށް ގެސްޓުން ބައިގަނޑުގަޑަށް އަންނަ ކަމަށާއި ނަމަވެސް މިހާރު އަންނަނީ ހާލަކުން މީހަކު ކަމަށެވެ.

”ގިނަ ކުދިން މިހާރު ތިބެނީ ދެރަވެފަ. އެހެންތާވާނީ އެކުދިންނަށް އެއްޗެއް ލިބެނީ ފިހާރަތަކަށް ގެސްޓުން އައިވަރަކުން. މިހާރު ވަރަށް ބޮޑުތަން ވަނީ ދަށްވެފައި. ހަމަލާއަށްފަހު މިވޭތުވެދިޔަ ދެދުވަހު ހީނުކުރާވަރުގެ ގެއްލުމެއް ލިބިއްޖެ.“ އޭނާ ބުންޏެވެ.

އޭނާ ބުނީ އިއްޔެވެސް އައީ އެންމެ މީހެއްކަމަށާއި އެހަމަލާގެ ސަބަބުން ގެސްޓުންނަށް ހަނދާނީ ހަދިޔާ ވިއްކާ ހުރިހާ ފިހާރަތަކަށްވެސް އެކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ.

”އަހަރެމެން ދެކޭގޮތުގައި އެއީ ވަރަށް ގޯސް ޢަމަލެއް. ގެސްޓްވިޔަފާރި ކުރާ ހުރިހާ މީހުންވެސް އެކަން ކުށްވެރިކުރަން“ އޭނާ ބުންޏެވެ.

އެހެން ގެސްޓް ފިހާރައަކުން ވާހަކަދެއްކި މީހަކު ބުނީ ގެސްޓުންނަށް ހަނދާނީ ހަދިޔާ ވިއްކުމުގައި އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރާ ކަމަށާއި މަސައްކަތް ކުރާ ކޮންމެ މީހެއްގެ ފަހަތުގައި ވެސް އެތައް ޢާއިލާއެއް ތިބޭއިރު އެކަމުގެ ނޭދެވޭ އަސަރު އެޢާއިލާ ތަކަށް ކުރާ ކަމަށެވެ.

” އަހަރެމެން ކޮންމެ މީހެއްގެ ފަހަތުގައި ވެސް ބޮޑު ޢާއިލާއެއް އޮންނާނެ. މިހުމުގެ ނޭދެވޭ އަސަރު އެ ޢާއިލާތަކަށް ކުރާނެ. އެއީ ކިހާބޮޑު ގެއްލުމެއް އަހަރުމެން ދެކޭގޮތުގައި އެކަން ކުރި ބަޔަކު އެކުޅެލީ މުޅި ދިވެހި އުއްމަތުގެ ލެޔާ“ ރުޅިއައިސްފައި ހުރެ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ އިސްފަރާތްތަކުން ލަފާކުރާ ގޮތުގައި އެހާދިސާގެ ގެއްލުން އެގޭވަރުވާނީ ހަފްތާއެއް ނުވަތަ އެއްހަފްތާގެ ދުވަސްފަހުންނެވެ. ސަލްޓަންޕާކްގައި ދިން ޓެރަރިސްޓް ޙަމަލާއަކީ ރާއްޖޭގެ ތާރީޚުގައިވެސް އެފަދަ ގޮތަކަށް ދިން ފުރަތަމަ ޙަމަލާއެވެ. މިހަމަލާ ދިނުމުގައި ބޭނުން ކޮށްފައިވަނީ އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެކެވެ.

0 Responses to “ ”

Posting Komentar