Sabtu, 13 Oktober 2007

ވިލިވަރު, ބިޔާދޫ މައްސަލަ: ބީލަންތައް އަޅާކިޔާ ވަޒަން ކުރުމަށް 5 މެމްބަރުންގެ ކޮމެޓީއަކާއި ހަވާލުކޮށް މަސައްކަތް ފަށައިފ

ި

މަސްއޫދު ހިލްމީ ހަވީރު، 16:30 0 ޚިޔާލު

ވިލިވަރާއި ބިޔާދޫ ކުއްޔަށް ދިނުމަށް ބީލަމަށް ލެއްވުމުން އޮޓް ޓުއަރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ( ޔޮޓް ޓުއަރޒް) އިން އެދެރަށަށް ހުށަހެޅުއްވި ބީލަން ބާތިލް ކޮށްފައިވާތީ ހައިކޯޓުން ބިޑު އިވިލުވޭޓް ކުރަންޖެހޭނެ ކަމަށް ހުކުމް ކުރުމާއި ގުޅިގެން މައްސަލަ ކޯޓުގައި ކުރިއަށްދާތާ 3 އަހަރު ފަހުން ބީލަންތައް އަޅާ ކިޔާ ވަޒަން ކުރުމަށް ” ކޮމްޕެރަޓިވް އެސިސްމަންޓް“ ހެދުމަށް 5 މެމްބަރުންގެ ކޮމެޓީއަކާއި ހަވާލުކޮށް ކޮމެޓީގެ މަސައްކަތް ފަށައިފި އެވެ.

ދިވެހި ރާއްޖޭގެ ހައިކޯޓުން 24 ޖަނަވަރީ 2006ގައި ހުކުމާއި ގުޅިގެން މިހާރު ވިލިވަރު ހަވާލު ކުރައްވާ އިބްރާހިމް އަބުދުލް ލަތީފް ހުށަހެޅުއްވި ބީލަމާއި ބިޔާދޫ މިހާރު ހަވާލު ކުރައްވާފައިވާ ޝަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުއްވި ބީލަމާއި ޔޮޓް ޓުއަރޒްއިން ވިލިވަރާއި ބިޔާދޫއަށް ހުށަހެޅި ދެބީލަށް މި 5 މަމްބަރުންގެ ކޮމެޓީން އަޅާކިޔާ ވަޒަން ކުރާނެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މިމައްސަލާގައި ހައިކޯޓުން ހުކުމް ކުރައްވާފައިވަނީ އެމިނިސްޓްރީއާ ދެކޮޅަށް ކަމަށް ވުމުން މި ފަސްބޭފުޅުން އައްޔަން ކުރެއްވުމުގައި އެމިނިސްޓްރީގެ އެއްވެސް ދައުރެއް އަދާކޮށްފައެއް ނޯންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓްގެ ހުކުމުން ޔޮޓް ޓުއަރޒްއިން ހުށަހެޅުއްވި ދެ ބީލަން އިވިލުއޭޓްކުރުމުގެ ފުރުސަތު އެކުންފުންޏަށް ގެއްލިފައިވާކަން އެގޭތީ އެކަމާއި މަދު އަމަލު ކުރާނެ ގޮތަކާމެދު ލަފާފުޅަކަށް އެދި 2 މާރޗް 2006 ގައި އެޓާނީ ޖެނެރަލް އޮފީހުގައި ދެންނެވިފައިވި ކަމަށާ އަދި ހައިކޯޓުން ކުރި ހުކުމްގައި ވަކިގޮތަކަށް އަމަލުކުރުމަށް އަންގަވާފައިނުވާތީ އެކަމެއް ސާފްކޮށްގެން ދިނުމަށް ވެސް އެދިވަޑިގެންފައިވާނެ ކަމަށެވެ. މިމައްސަލައާ ގުޅިގެން އެޓާނީ ޖެނެރެލް އޮފީހުން 9 ނޮވެމްބަރ 2006 ވަނަ ދުވަހު ސަރުކާރަށް ދެއްވި ލަފާފުޅުގައި ވިދާޅުވެފައިވާކަމަށް މިނިސްޓްރީން ބުނީ ހައިކޯޓްގެ ހުކުމް އިތުރަށް ސާފްކުރުމަށް ހުށަހެޅުމަކީ އެކަމުގެ ސަބަބުން އިތުރަށް މައްސަލަތަކެއް ނިކުމެދާނެ ކަމެއް ކަމަށެވެ.

މިމައްސަލާގައި ހައިކޯޓުން އިތުރަށް ބުނެފައިވަނީ ޔޮޓް ޓުއަރޒްއަށް ސަރުކާރުން ކަނޑައަޅާ ބަދަލެއް ދެވިދާނެ ކަމަށާ އެބަދަލެއްގެ ގޮތުންގައި ދެފަރާތުން އެއްބަސްވަނީ އެކުންފުންޏަށް ރިޒޯޓެއް ހެދުމަށްޓަކައި ރަށެއް ނުވަތަ ބިމެއް ސަރުކާރުން ކުއްޔަށް ދިނުން ކަމުގައި ވަނީ ނަމަ, ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ޔޮޓް ޓުއަރޒްއާ ސަރުކާރާ ހިއްސާވާ ގޮތަށް އެކުންފުންޏަށް ސަރުކާރުން ބިމެއް ނުވަތަ ރަށެއް ދެވިދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

0 Responses to “ވިލިވަރު, ބިޔާދޫ މައްސަލަ: ބީލަންތައް އަޅާކިޔާ ވަޒަން ކުރުމަށް 5 މެމްބަރުންގެ ކޮމެޓީއަކާއި ހަވާލުކޮށް މަސައްކަތް ފަށައިފ”

Posting Komentar