Sabtu, 13 Oktober 2007

ރަހީނުކުރުމަށް ފަހު އެމީހުން އަހަރެންނާމެދު ކަންތައްކުރީ ވަރަށް ރަނގަޅަށ

ް

އަންވަރު އިބްރާހިމް އޮކްޓޫބަރ 8، 16:19 0 ޚިޔާލު

” އޭނާއަކީ ވަރަށް ކެރޭ މީހެއް. ކޮންމެކަމަކާ ކުރިމަތިލިޔަސް ކުރިމަތިލާނީ އަޒުމާއެކު. ފަސްޖެހުމަކީ އޭނާގެ ސިފައެއްނޫން. ކުޑައިރުއްސުރެވެސް އޭނާގެ އަޒުމަކަށް ވެފައިވަނީ ސިފައިންގެ މީހަކަށްވުން“ ހިމަންދޫގައި ހިނގި ކުރިމަތި ލުމުގައި ހައްޔަރު ކުރެވުނު އަސީރާ މެދު އޭނާގެ ރައްޓެއްސަކު ބުންޏެވެ.

މާލޭގައި ހިންގުނު ޓެރަރިސްޓް ހަމަލާއާ އަދި ފުލުހުން ހޯދަންބޭނުންވާ ބައެއްކަންކަން ހޯދުމަށްޓަކާ މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ އާއި މިއަދު ހިމަންދޫގައި ކުރިއަށްދިޔަ ކުރިމަތި ލުމުގައި ހައްޔަރުކުރެވުނު އެ އަސީރަކީ ބ. ތުޅާދޫ މިރިގަސްދޮށުގައި އިބުރާހިމް ރަޝީދެވެ.

އިބްރާހިމަކީ އޭނާގެ މަންމައާއި ބައްޕައަށް ލިބުނު 5 ކުދިންގެ ތެރެއިން ތިންވަނަ ކުއްޖާ އެވެ. އާއިލާގެ ތިބި ކުދިންގެ ތެރެއިން އެންމެ ކެރޭ އެންމެ ހިތްވަރު ގަދަ ކުއްޖާވެސް މެއެވެ. 1998 ވަނަ އަހަރު ސިފައިންގެއާ ގުޅުނު އިބްރާހިމް މަސައްކަތް ކުރަނީ ލޯންޗް ސެކްޝަނުގަ އެވެ.

” އެކަމަށް ގޮވާލުމުން އަހަރެންވެސް ދާންޖެހުނީ. އެހެންވެ ކެރިގެން ނުކުތީ“ ގިނަ އަނިޔާތަކެއް ލިބިފައިވާ އިބްރާހިމް ބުންޏެވެ.

އިބްރާހިމަށް ވަރަށް ގިނަ އަނިޔާތަކެއް ވަނީ ލިބިފަ އެވެ. މިހާރު ބޭސްއަޅާފައި ހުރިނަމަވެސް އޭނާގެ މޫނުން އެއަނިޔާތކުގެ އަސަރު ފާޅުވާން ހުއްޓެވެ. ލޯކައިރި އެކީ ވަނީ ކަޅުވެފައެވެ. ބަލާބެލުމަށް އެއީ މީހަކު ޖަހާފައިކަން އެނގެއެވެ. އަތުގައި ވަނީ ގަޔާއެކު ބެންޑޭޖް އަޅާފައެވެ.

” މިއީ ކިހިނެއްވީކަމެއް ކަމެއް ނޭނގެ. ހީވަނީ އަހަރެން ދަމާފައި ގެންދިޔައިރު ވެފައިއޮތް ކަމެއްހެން.“ ޕްލާސްޓަރު އަޅާފައިއޮތް އަތާމެދު އިބްރާހިމް ބުންޏެވެ.

އިބްރާހިމްގެ އެއް އަތުގެ ބޮޑީ މަސްގަނޑު ވަނީ ފޫދުއްވާލާފަ އެވެ. އެއްފަރާތުން އަނެއް ފަރާތަށެވެ. އަދި ބުޑު މަސްގަޑަށްވެސް ދަނގަޑު ހަރާފައި ވެއެވެ. ދަގަނޑުބުރިއަކުން ޖަހާ ބޮލުން ބޮޑުބައެއް ފަލާލާފައި ވެއެވެ. އެތަދު އިހްސާސް ކުރަމުން ދިޔަ ނަމަވެސް އިބްރާހިމް ބުނީ އެނާ ހައްޔަރު ވުމަށް ފަހު އޭނާއާ މެދު އެމީހުން ކަންތައްކުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

” އަހަރެންނަށް މި އަނިޔާތައް ލިބުނީ އެމީހުންގެ ފަރާތުން. ނަމަވެސް އަސީރެއްގެ ގޮތުގައި އެމީހުން އަހަރެން ގެންދިޔަ ފަހުން އަހަރެންނާ މެދު ކަންތައްކުރީ ވަރަށް ރަނގަޅަށް. އެމީހުން ކާންދީ ހެދި. ބޭސްއަޅާދިން. އަދި ވަރަށް ރަނގަޅު.“ އައިޖީއެމްޗްގެ އިމަޖެންސީ ރޫމްގައި އޮވެ އިބްރާހިމް ކިޔާދިނެވެ.

” އެއީ ހަނގުރާމައިގެ މައިދާނަށް ދޫކޮށްލާފައި އޮތް ޒުވާނެއް. އޭރު އޭނާ އޮތީ ހޭނެތޭ ކަހަލަ ގޮތެއްވެފައި. އެހެންވެ އަހަރެމެން އޭނާ ނެގީ. އޭނާއޮތީ އަހަރެމެންގެ ބެލުމުގެ ދަށުގައި. އެނާއަކަށް އެއްވެސް އަނިޔާއެއް ނުކުރަން. މިހާރު ވަނީ އަހަރެމެން އަތުގައި ހުރި ބޭހެއްވެސް އަޅާފައި. ކާންވެސްދީފައި. ނަމަވެސް އޭނާގެ ހާލުވަރަށް ދެރަ.“ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔަ މީހުންގެ ތެރެއިން މީހަކު ރޭ 10 ޖަހާ އެކަންހާއިރު ޖަޒީރާއަށް ކިޔާދީފައި އެވެ.

އުމުރުން 28 އަހަރުގެ ޒުވާނާ ކޮއްކޮ އަބުދުﷲ ރަޝީދުބުނީ ބޭބެ ފެނުނު ވަގުތު ވަރަށް އަސަރު ކުރިކަމަށެވެ.

” ބޭބެގެ ބޯވަނީ ވަރަށް ބޮޑަށް ފަޅާލާފައި. ލޯކައިރި އެކީވަނީ ކަޅުވެފައި. އެތަން ފެނުމުން އެނގޭ އެއީ މީހަކު ޖަހާފައިކަން. ބޮޑީ މަސްގަނޑަށް ވަނީ ދަނގަޑެއްހާރާ ފޫދުއްވާލާފައި. ފޫކޮޅު މަސްގަނޑަށްވެސް ވަނީ ދަނގަޑު ހަރާފައި. އަތްވެސް ވަނީ ބިންދާލާފައި.“ އަބުދުﷲ ވަރަށް އަސަރާއެކު ރޮމުން ކަހަލަ ގޮތަކަށް ކިޔާދިނެވެ.

އަބުދުﷲ ބުނީ ބޭބެއަށް ކޮށްފައިވަނީ ބުނަންވެސް ނޭނގޭ ކަހަލަ އަނިޔާތަކެއް ކަމަށެވެ.

އިބްރާހިމަކީ އަމިއްލަ ދިރިއުޅުމެއް ފަށާ އަންހެން ކުއްޖަކު ލިބިފައިވާ ޒުވާނެކެވެ.

” އަހަރެންގާތުބުނި މިއުޅެނީ ފުރަންޖެހިގެނޭ. އަހަރެން މިދަނީ ފުރާށޭ. އެހެންބުނެ އިބްރާހިމް ދިޔައީ ފުރަން.“ އިބްރާހިމް ފުރިރޭ ކަންތައްވީގޮތް އިބްރާހިމްގެ އަންހެނުން ކިޔާދިނެވެ. އަންހެނުން ބުނީ އިބްރާހިމަކީ އަޒުމްވަރުގަދަ މީހެއްކަމަށެވެ.

0 Responses to “ރަހީނުކުރުމަށް ފަހު އެމީހުން އަހަރެންނާމެދު ކަންތައްކުރީ ވަރަށް ރަނގަޅަށ”

Posting Komentar