Rabu, 17 Oktober 2007

އިޤްތިސާދު ހަރުދަނާ ކުރުމަށް އާވިސްނުންތަކަށް ދާންޖެހިފައި


ހަސަން ޒަހީން އޮކްޓޫބަރ 13، 15:37 0 ޚިޔާލ Jazeera ު

ރާއްޖޭގެ އިޤްތިސާދު ޚަރުދަނާވެ ތަރައްޤީކުރަންޖެހިފައިވާކަމަށް ގަބޫލުކުރާ ފަރާތްތައް މިހާރަކު މަދެއް ނޫނެވެ. އިޤުތިސާދީ އިތުރު މަސައްކަތްތައްފަށާ އޭގެ ފައިދާ ގިނަ ބަޔަކަށް ލިބުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުމިވަނީ އިތުރު ކުރަންޖެހިފައެވެ. މިއީ މިއަދު ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާއި ތަރައްޤީ ރޮގުގައި ލިބެމުންދާ ކާމިޔާބީތައް ފާހަގަކުރާ ފަރާތްތަކުންވެސް ފާހަގަކުރާކަމެކެވެ. އެހެންކަމުން ކުރިއަށް އިޤުތިސާދު ހަރުދަނާވާނެފަދަ ކަންތައްތަކެއް ފެށުމަކީ މިހރު ކުރަންޖެހިފައިވާ ކަމެކެވެ.

‘’ ގުޅިފަޅު ދިގުމުއްދަތަކަށް ބޮސްކާލިސްއަސް ދިނުމަކީ އޭގެފައިދާ ދިވެަހި ރައްޔިތުންނަށް ކުރާނެކަމެއް. ގުޅިފަޅު ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތައްވާންޖެހޭނި ވިޔަފާރި އުސޫލުނކުރެވުނު ކަމުގައިވިއަސް ދިވެހިންނަށް ދެމެހެއްޓެނިވި ފައިދާއެއް ކުރާނެކަންތައްތަކަކަށް . މާދަމާ ފަތުރުވެރިކަން ދޫކޮށްލާފަ, ނުވަތަ ފަތުރުވެރިކަން ހިނެރުވިއަސް އޭގެން އެބައި ފުބެއްދޭ މަސައްކަތަކަށް. ގުޅިފަޅުގެ ވާހަކަ އަޑުއިވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު. އަދިވެސް އެގޮތަށް ހުރި ފަޅުތަކާއި ފަޅުރަށްތައްވެސް އިންޑަސްޓްރިއަލް މަސައްކަތްތަަކަށް ހުޅުވާލުން މުހިންމު’’ ގުޅިފަޅު ތަރައްގީކުރުމުގެ އެއްބަސްވުމުގެ ވާހަކަ ކިޔުމަށްފަހު މިހާރު މެލޭސިޔާގައި އިގުތިސާދީދާއިރާއިން ކިޔަމުންދާ އިބުރާހިމް އަހުމަދު މެއިލްކުރި އެވެ.

އިޤްތިސާދީ ދިރާސާކުރާ ފާރާތްތަކުން އެމީހުންގެ ތަޖުރިބާއާއި އަދި ފެންނަމުންދާ ކަންކަމުގެ މައްޗަށް ހޯދާ ހޯދުންތައް އަބަދުވެސް ކަންކުރުމުގައި ބަލާހަދައެވެ. އަދި ގައުމުގެ އިގުތިސާދު އެއްކަމަށް ބަރޯސާވަމުންދާތި ފާޑުވެސް ކިޔައެވެ. ރާއްޖޭގެ އިޤްތިސާދު ދިރާސާކުރާ އަދި ރާއްޖޭގެ އިޤްތިސާދަށް އަންނަ ބަދަލުތައް ތަޖުރިބާ ކުރަމުންދާ ފާރާތްތަކަކީވެސް ކުރިމަގަށް އެމީހުންގެ ޚިޔާލްތަކާއި އެމީހުންގެ ބުނުންތައް އެހީވެދޭނެ ބަޔެކެވެ.

‘’ ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ރާއްޖޭގެ މުޅި އިޤްތިސާދު ބަރޯސާ ކުރަމުންެދާ ދާކަމީ ގެއްލުންހުރި ކަމެއް. ރާއްޖޭގައި އިންވެސްތްކުރުމަށް ދާއިރާތައް އެބަހުރި. އިންވެްޓްކުރާނެ މިހުންވެސް އެބަތިބި. ބޭރުގެ ބޮޑެތި ކުންފުނި ތަކުން ބޭނުންވޭ މިހާރު ރާއްޖޭގައި އިންވެސްޓްކުރުމަށް. ހުޅުމާލޭގައި މިހާރުވެސް އިންވެސްޓްކުރުމަށް ފުރުސަތު ހުރިތޯ ބަލާ ވމިހުންވެް އެބަތުބި’’ އިޤްތިސާދީ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކޮށްފައިވާ އަދި މިހާރު އިންޑިޔާގައި ދިރިއުޅެމުންދާ އައުތޫފު ކިޔާދިނެވެ.

ރާއްޖޭގައި މިހާރަށްވުރެ ފަސޭހަކަމާއެކު ބޭރުގެ ފަރާތަކަށް އިންވެސްތްކޮށް ވިޔާފަރީކުރުމުގެ ފުރުސަތު ދިނުމަކިވެސް ކުރަންޖެހިފައިވާ ކަމެކެވެ. ޓްރޭޑް މިނިސްޓްރިގެ އިސްބޭފުލަކު ވިދާޅުވިގޮތުގައި މިހާރު ހެދިފައިވާ ޤާނޫނާއި އަދި ގަވައިދުމތަކުންވެސް ފޮރިންއިންވެސއްތަރުންނަށް ރާއްޖޭގައި އިންވެސްކުރުމަށް އެހޭ ފަސޭހައެއް ނޫނެވެ. މިއީ ރާއްޖެފަދަ ގައުމެއްގައި އިޤުރިސާދީ ފުރުސަތުތައް އިތުރުކުރުމަށް އެޅޭ ހުރަހެކެވެ.

‘’ ގުޅިފަޅު ތަރައްގީ ކުރުމަށް އެޅިފައިވާ މައިގަނޑު ހުރަހަކީވެސް އެއީ. މިހާރު ޤާނުނުގައިވާ ގޮތުގެ މަތިން ދެވޭނީ 25 އަހަރަށް . އެއީ އެވަރުގެ އިންވެސްތް މަންޓަކަށް ކުޑަ ދުވަސްކޮޅެއް. އިންވެސްތަރަކު ކުރަންޖެހޭ ހޭދައާއި އެކަން ފޫބެއްދުމަށް ހޭދަވާނެ ދުވަހަށް ބަލާއިރު އިންވެސްތް ކުރުމަށް ޖެހިލުންވާކަމެއް. ނަމަވެސް އާ ޤާނޫނު ިސްލާހުވެގެންއަންނަ އިރު މިފަދަ މައްސަލަތައް ހައްލުވެގެންދާނެކަމަށް މިބަލަނީ’’ ވިޔާފާރިގެދާއިރާގައި މަސައްކަތްކުރާ ރައޫފު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ފުޅާކުރުމަށް ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން ހިފަންޖެހެއެވެ. އޭގެ ސަބަބުން ލިބޭ އާމްދަނި އިތުރުވެ ވަޒީފާގެ ފުރުސަތުފުޅާވެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީއާއި ދިމާލަށް ދަތުރުކުރެވޭނެއެވެ. ސުނާމީ ކާރިސާއާއި ގުޅިގެން ފަތުރުވެރިކަން އިދަޖެހިގެން ދިޔައިރު ޒަމާނުއްސުރެ ކުރަމުންއައި މަސްވެރިކަމުގެ މަސައްކަތަކަށް މާބޮޑު އަސަރެއްނުކުރެއެވެ. އަދި މިމަސައްކަތަށް އެޅުނު ހުރަސްތައް ނައްތާލާކަށް މާބޮޑު ހޭދައެއްވެސް ކުރާކަން ނުޖެހުނެވެ. މަސްވެރިންގެ އާންމު ޙާލަތަކަށް ގެނެވި މަސައްކަތް ވަނީ ހިގައިގަނެފައެވެ. މިއީ އިޤްތިސާދުގައި މިހާރު ދެވަނަ މަސައްކަތަވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިސާދުގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ހޯދިދާނެ އެތައް މަސައްކަތެއް އެބަހުއްޓެވެ. އައިޓީ އިންޑަސްޓްރީ ފުޅާކުރެވި އިންފޮމޭޝަން ޓެކްނުލޮޖީގެ ދާއިރާއިން ރަނގަޅު ސިކުނޑިތަކެއް ތަރައްޤީ ކުރަވިއްޖެނަމަ ފަތުރުވެރިކަމުން ލިބޭ އާމްދަނީއާއި އެއްވަރުގެ އެއްޗެއް ރާއްޖެއަށް ހޯދިދާނެއެވެ. ސިންގަޕޫރުފަދަ ޤަޢުމުތައް ތަރައްޤީވެ ކުރިއަރާފައިވަނީ އެތަންތަނުގެ އިންސާނީ ވަޞީލަތް ތަރައްޤީކޮށްގެންނެވެ.

ދުނިޔޭގައި ކުރިއަރާ ތަރައްޤީވެފައިވާ ގިނަ ޤަޢުމުތަކުން އެމީހުންގެ އިޤްތިޞާދުގެ އެއްބައިކަމުގައި ބަލާފައިވަނީ އިންސާނީ ވަޞީލަތެވެ. ނަމަވެސް މިއީ ރާއްޖޭގައި އެންމެ އެކަށީގެންވާ ސަމާލުކަން ދެވިފައިވާ ދާއިރާއެކޭ ބުނެވޭކަން ނެތެވެ. ރާއްޖޭގެ އިޤްތިސާދު އަދިވެސް ބައްޓަންވަމުންދަނީ ހަމައެކަނި ފަތުރުވެރިކަމުން އާމްދަނީ ހޯދިދާނެ ގޮތަށެވެ. ރާއްޖޭގެ އުތުރާއި ދެކުނުން ގިނަ ރަށްތަކެއް މިމަސައްކަތަށް ހުސްކުރެވި މި މސައްކަތް ފުޅާކުރަމުންދާއިރު, އިޤުތިސާދީ އިތުރު އާމަސައްކަތްތަކަށް މަގު ނުކޮށާންވީ ކީއްވެގެން ބާވައެވެ, އެކަމަށް ފުރު ސަތު ފުޅުވާނުލާންވީ ކޮން ސަބަބަކާ ކުރެހެއްޔެވެ.

ރާއްޖޭގެ އިޤުތިސާދު ހަރުދަނާކުރުމަށް މަސްމެރިކުމުގައިވެސް ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ދޭން ވެއްޖެއެވެ. އެކުވަރ ކަލްޗަރ ކޮށް, މަސްވެރިކަން އިތުރުަށް ފުޅާކުރުމަށް މަސައްކަތްފަން މިވަނީ ޖެހިފައެވެ. މިހާރަށް ބަލާފިނަ މަސްވެރިކަން މިހާރަށްވުރެ ފުޅާކުރެވޭނެ ގޮތްތަކަށް ހޯދެން އެބެޖެހެއެވެ. ރާއްޖޭގެ މޫސުމަށާއި ގުދުރަތީގޮތުން ތިމާވެއްޓައް އމަންނަމުންދާ ބަދަލުތަކަށް ބަލާއިރު, އިޤުތިސާދީގޮތުން އިތުރަށް ފުޅާކޮށް, ދެމެހެއްޓެނިވި ތަރައްގިއަށް މަގު ކޮށަން އެބަޖެހެއެވެ. އެކަން ކުރެވޭނެ ފުރުސަތުތައް ބަލައި, އެގޮތްތައް ހޯދަން އެބަޖެހެއެވެ.

0 Responses to “އިޤްތިސާދު ހަރުދަނާ ކުރުމަށް އާވިސްނުންތަކަށް ދާންޖެހިފައި”

Posting Komentar