Jumat, 04 Juli 2008
ރީތިބީޗް ރިސޯޓްގައި ދެ މުވައްޒަފެއް މާރާމާރީ ހިންގުމާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފި
Do you like this story?
03 July 2008 | raniya
ރީތިބީޗް ރިސޯޓްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފަކާއި ބިދެސީ މުވައްޒަފެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ދެމީހުން ވަޒީފާއިން ވަކިކޮށްފިއެވެ.
ރީތި ބީޗް ރިސޯޓްގެ ހިއުމަން ރިސޯސް މެނޭޖަރ އިރު އޮބްޒާވަރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މި މާރާމާރީ ހިނގީ އަންގާރަ ދުވަހު ދިހަހެއް ޖަހާކަންހާއިރެވެ.
މި ކަމުގައި ބައިވެރިވެފައިވަނީ އެރިސޯޓްގެ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފަކާއި ރެސްޓޯރަންޓްގެ ސުޕަވައިޒަރެކެވެ. މި މާރާމާރީގައި ހިމެނޭ ދިވެހި މުވައްޒަފަކީ އުޅުމުގައި ވަރަށް ސަކަ މިޖާޒެއް ގެންގުޅޭ މީހެއް ކަމުން، އޭނާއަށް މެނޭޖްމަންޓްގެ ފަރާތުން ދެފަހަރެއްގެ މަތިން ނަސޭހަތްދެވި އުޅުން ރަނގަޅުކުރުމަށް އެނގިފައިވާމީހެކެވެ.
މި މާރާމާރީ ހިނގީ ޕްރޮބޭޝަން ޕީރިއަޑެއްގައި މަސައްކަތް ކުރަމުންދިޔަ މި ދިވެހި ވެއިޓަރގެ އުޅުން ރަނގަޅު ނުކޮށްފިނަމަ މި ޖުލައި އެއްވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރެވޭނެ ކަން މިދިޔަ މަހު މެދެއްހާތާ މެނޭޖްމަންޓުން ވަނީ އޭނާއަށް އަންގާފައެވެ. ނަމަވެސް އޭނާގެ އުޅުން ރަނގަޅުކޮށްފައި ނުވުމުން މެނޭޖްމަންޓްގެ ފަރާތުން އެރެސްޓޯރަންޓްގެ ސުޕަވައިޒަރ އޭނާ ވަޒީފާވަކިކުރިކަން އެނގުމާއި ގުޅިގެން އެކަމާއި ހިތް ހަމަނުޖެހިގެން ހިނގި މާރާމާރީއެއް ކަމަށް ވެސް މެނޭޖަރ މަޢުލޫމާތުދެއްވިއެވެ.
" ދެމީހުން ވެސް ކަނޑާލީ އެއްވެސް މީހަކު ދައްކާ ވާހަކައިގެ ހަޤީޤަތް ނޭނގޭތީ. އެކަކު ބުނީ ފުރަތަމަ ގަޔަށް އަތްލީ އަނެކަކޭ. އަނެކަކު ބުނީ އޭނާއަށް ހަމަލާދިނީ ފުރަތަމަ ބިދޭސީ މީހާއޭ. އަޅުގަނޑުމެން ވާނީ ދިވެހި މުވައްޒަފުގެ އެ އުޅުމަށް އެއްވެސް އެދެވޭ ބަދަލެއް އައިސްފައި ނުވާތީ އޭނާ މާކުރިންވެސް ކަނޑާލަން ނިންމާފަ. އަދި ވަޒީފާއިން ވަކިކޮށްފައި ވާނީ ވަޒީފާއާއި ބެހޭ ގަވާޢިދު ބުނާގޮތުގެ މަތިން. އެއްމަސްދުވަހުގެ އެޑްވާންސް މުސާރަ ނޯޓިސްއަކާ އެކު،" މެނޭޖަރ ކިޔައިދެއްވިއެވެ.
މި މާރާމާރީގައި މި ދެމީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި ދިވެހި މުވައްޒަފަށް ވަނީ އެ ރިސޯޓުން ބޭސް ފަރުވާކުރުމަށް ފަހު އިތުރަށް ފަރުވާކުރުމަށް މާލެ ފޮނުވުމަށް ހަމަޖައްސާފައެވެ. ރިސޯޓުން މަޢުލޫމާތު ދެއްވި ގޮތުގައި އިއްޔެ އެ ރިސޯޓަށް ފުލުހުން ގޮސް، ވަނީ މިމައްސަލާގައި ހިމެނޭ ލަންކާ މީހާ ގެންގޮސްފައެވެ.

This post was written by: Franklin Manuel
Franklin Manuel is a professional blogger, web designer and front end web developer. Follow him on Twitter
0 Responses to “ރީތިބީޗް ރިސޯޓްގައި ދެ މުވައްޒަފެއް މާރާމާރީ ހިންގުމާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފި”
Posting Komentar