Sabtu, 20 Oktober 2007

އައްޑޫ ބައިނަލް އަޤްވާމީ ވައިގެ ބަނދަރަށް ތެލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

20 October 2007 sharin

ބައިންލަ އަޤްވާމީ ދަތުރުތަށްފެށުމަށް ކުރަން ޖެހޭ ތައްޔާރު ތަކުގެ ތެރެއިން އައްޑޫ އެއަރޕޯޓަށް، މަތިންދާ ބޯޓަށް އަޅަންބޭނުންވާ ޖެޓް އޭވަން ފިއުލްގެ ފުރަތަމަ ޝިޕްމަންޓް މިއަދު ގެންގޮސްފިއެވެ.
އެސް.ޓީ.އޯ އިން މަޢުލޫމާތު ދެއްވި ގޮތުގައި އެ ކުންފުނީގެ 6000 ޓަނުގެ "ފެއަރސްވަން" ބޯޓުން އައްޑޫ އެއަރޕޯޓަށް މިއަދު ގެންގޮސްފައިވަނީ. 1000 ތަނުގެ ތެލެވެ. އަދި މާދަމާ އެއަރޕޯޓުގެ ތެލާބެހޭބައި ރަސްމީކޮށް ހުޅުވާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ޓޫރިޒަމް މިނިސްތަރ ޑރ.މަޙްމޫދު ޝައުޤީ ވިދާަޅުވެފައިވަނީ އައްޑޫ ބައިނަލް އަގްވާމީ ވައިގެ ބަނދަރަށް އަންނަމަހު ބައިނަލްއަޤްވާމީ ދަތުރުތައް ފަށާނެކަމަށެވެ. އެކަމުގެ ސަބަބުން ސީދާ އައްޑުއަތޮޅަށް ފަތުރުވެރިން އައުމަށް މަގުފަހިވެގެންދާނެކަމަށެވެ.
އެގޮތުން އަންނަމަހުގެ ފުރަތަމަ ހަފްތާގައި، ދުނިޔޭގެ މަޝްހޫރު އެއަރލައިނެއްކަމުގައިވާ ކޮނޑޯގެ ދަތުރުތަށް ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ފަށާނެކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.ގާތްގަނޑަކަށް 18 މިލިޔަން ޑޮލަރުގެ މަޝްރޫޢެއްގެ ދަށުން ގަންއެއަރޕޯޓު ކުރިއަށްގެންދާއިރު އެ އެއަރޕޯޓުގައި ގަޑިއަކު 600 މީހުންނަށް ޚިދުމަތްދެވޭވަރުގެ ޓާމިނަލެއް ހެދޭނެއެވެ.

0 Responses to “އައްޑޫ ބައިނަލް އަޤްވާމީ ވައިގެ ބަނދަރަށް ތެލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި”

Posting Komentar