Jumat, 19 Oktober 2007

ބުރުގާއާއި ދެކޮޅަށް މަތީ މަޖިލިހުން އިއުލާނު ނެރެފިނަމަ އެއްވެސް ބަޔަކު އަމަލު ނުކުރުމަށް ޢަދާލ



ލިޔުނީ އިބްރާހީމް މުހައްމަދު
ބުރާސްފަތި, 18 އޮކުޓޫބަރު 2007

ކޮންބައެއްކަން އޮޅުން ނުފިލާފަދަ ގޮތްގޮތަށް ހެދުން އަޅައިގެން އުޅުން މަނާކަމަށްބުނެ މޫނުބުރުގާ އެޅުން މަނާކޮށް އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހުން އިއުލާނެއް ނެރެފިނަމަ މިއިއުލާނަށް އެއްވެސް ބަޔަކު އަމަލު ނުކުރުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.

ޕާކިސްތާނުގެ ޖާމިޔާ ސަލަފިއްޔާއިން އަދި ސައޫދީ އަރަބިއްޔާގެ މަދީނާ ޔުނިވަސިޓީން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޢަދާލަތު ޕާޓީގެ އިސްތަރުޖަމާނު ޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ ޢާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ޢަދާލަތު ޕާޓީގެ އެންމެ ފަހު މީހާޔާޖެހެންދެން ޢަދާލަތު ޕާޓީ އޮތީ އެޕާޓީގެ އުހުތުންނާއި އެކުގައިކަމަށެވެ.

“ޢަދާލަތުގެ ފަހުމީހާއަށް ޖެހެންދެން މިތިބީ އުޚުތުންނާއެކު” މޫނު ބުރުގާ އަޅައިގެން ޢާއްމު ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންނަށް މުހާތަބް ކުރައްވައި ޝައިޚް ޝަހީމް ވިދާޅުވިއެވެ.

ހަރުކަށި އުސޫލު ޑރމަޖީދުގެ ދުލުން

ހަރުކަށި އުސޫލުތަކާ ބެހޭގޮތުން ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ރައީސް އަދި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހުގެ ޑިރެކްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ ވާހަކަ ދެއްކެވިއެވެ. ޑރމަޖީދު ވިދާޅުވީ ސަރުކާރުން ހަރުކަށި އުސޫލުތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ބައެއް ވުޒާރާތަކަށް ސިޓީއެއްގެ ޒަރިއްޔާއިން އަންގާފައިވާކަމަށާއި މިކަން ޚަބަރުފަތުރާ ވަސީލަތްތަކުން ގިނަ ބަޔަކަށް މިހާރު އެނގިފައިވާކަމަށެވެ. “މީހަކަށް ބައްޔެއް ޖެހުމުން ފުރަތަމަ ދެނީ ބޭހެއް ނޫން” ތަފްސީރުގެ ރޮނގުން ސައޫދީ އަރަބިއްޔާއިން ޕީއެޗްޑީ ހައްދަވާފައި ހުންނެވި ޑރ.މަޖީދު ވިދާޅުވިއެވެ. “ނަމަވެސް ބަލި ތަހުލީލުކޮށް ދެނެގަނެ އެބައްޔަކީ ކޮބާތޯބަލައި ބޭހެއްދެނީ” މިހެންވެ ހައްދުފަހަނަ އަޅާދިޔުމާމެދު ފިޔަވަޅު އެޅުމުގެ ކުރިން މައްސަލަތައް ދެނެގަންނަން ޖެހޭކަމަށް ޑރ.މަޖީދު ވިދާޅުވިއެވެ. އަދި މިއަމަލުތަކާ ބެހޭ ގޮތުން ދުނީޔޭގެ ބައެއް ގައުމުތަކުގައި ދިރާސާތައް ހެދިފައިވާކަމަށާއި މި ދިރާސާތައް ހެދުނީ 1950 ގެ އަހަރުތަކުގައި، މި އުސޫލުތައް ދުނިޔެއަށް ފާޅުވުމުންކަމަށް ޑރ.މަޖީދު ވިދާޅުވިއެވެ. މިދިރާސާތަކުގެ އަލީގައި ހައްދުފަހަނަ އަޅާދިޔުމަށް ދިމާވި ސަބަބަކީ އިސްލާމްދީނަށް ބަޔަކު މީހުން އުޅެން ދަތިކުރުމާއި ދީނަށް އުޅެން ބޭނުންވާ މީހުންނަށް ދީނަށް އުޅެން ފުރުސަތު ނުދިނުމުންކަމަށްވެސް ޑރ.މަޖީދު ވިދާޅުވިއެވެ.

ދީނީ އިލުމުވެރިންގެ އިތުބާރު ގެއްލެން ދިމާވި ސަބަބު އޮޅުން ފިލުވައި ދެއްވަމުން ޑރ.މަޖީދު ވިދާޅުވީ ބައެއް ސަރުކާރު ތަކުން ދިޔައީ އިލްމުވެރިން ބޭނުންކޮށްގެން ފަތުވާތައް ނެރެމުންކަމަށެވެ. މިހެންވެ ހުރިހާ ދީނީ އިލްމުވެރިންގެ އިތުބާރު ގެއްލި އިލްމުވެރިން ދޫކޮށް ފޮތްފޮތާއި އިންޓަނެޓަށް ބަރޯސާވުމުން ދީނުގެ ހަޤީޤީ އިލްމް ނުލިބުނުކަމަށް ޑރ.މަޖީދު ވިދާޅުވިއެވެ. “ދީނީ އިލްމު އުނގެނެވޭނީ އިލްމުވެރިއެއް ކައިރިޔަށްގޮސް ނޫނީ އިންސްޓިޓިއުޓަކަށް ގޮސް ނޫނީ ޔުނިވަސިޓީއަކަށް ގޮސް” ޑރ.މަޖީދު ވިދާޅުވިއެވެ. ޑރ.މަޖީދު ފާހަގަކުރެވިގޮތުގައި އިސްލާމީ އުއްމަތުން ހެދި ދިރާސާތަކުން ދެއްކިގޮތުގައި ހަރުކަށި އުސޫލު ތަކުގެ މީހުންނަށް ހަރުކަށި އަދަބުތައް ދީގެން މިކަންތައްތައް ދިޔައީ އިތުރުވަމުންނެވެ. “ބައެއް ގައުމުތަކުން ގޯސްތަށް ހެދިފައިވޭ. އަޅުގަނޑުމެން ޖެހޭނީ ގޯސްތައް ތަކުރާރުކުރަންތަ؟” ޑރ.މަޖީދު ސުވާލުކުރެއްވިއެވެ.

ވަކިބަޔަކަށް ނޭންގޭގޮތަށް ހެދުން އެޅުމާއި ޓެރަރިޒަމް

ޑރ.މަޖީދު ވިދާޅުވިގޮތުގައި ރައީސް އޮފީހުން މަތީ މަޖިލިހަށް ފޮނުވި ސިޓީތަކުގެ އިބާރާތްތަކުން ދޭހަކޮށްދެނީ ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ ވަކިބަޔަކުކަން ނޭންގޭ ގޮތަށް ހެދުންއަޅައިގެން އުޅޭ މީހުންނެވެ. އަދި ރާއްޖޭގައި އަންހެނުން މޫނު ބުރުގާ އަޅަން ފަށާފައިވަނީ 1990ގެ އަހަރުތަކުގައި ކަމަށް ޑރ.މަޖީދު ވިދާޅުވިއެވެ. އަދި މިފަހުން މޫނު ބުރުގާއަޅައިގެން އަންހެނަކު ވައްކަން ކުރީކަމަށް ތުހުމަތު ކުރެވުނު ކަމަށާއި އެކުއްޖާއާ ބައްދަލުކޮށް ވާހަކަ ދެއްކުމުން ވާހަކައިގެ ހަޤީޤަތް ވިސްނުނު ކަމަށްވެސް ޑރ.މަޖީދު ވިދާޅުވިއެވެ. “މިވޭތުވެދިޔަ 20 އަހަރު މިފަދަ ވާހަކައެއް އިވިފައިވޭތޯ ބަލާ” ޑރ.މަޖީދު ވިދާޅުވިއެވެ. “ވައްކަން ކުރިކަމަށް ތުހުމަތު ކުރެވުނީ. ނަމަވެސް ސާބިތެއް ނުވޭ. ނަމަވެސް ކުށްތަކުގައި ސާބިތުވާމީހުން، ހުކުމް ކޮށްފައި ތިބޭ މީހުން ދޫކޮށްލުމުން މިފަދަ ވައްކަންކުރުންފަދަ އަމަލުތައް ގިނަވަނީ” ޑރ.މަޖީދު ވިދާޅުވިގޮތުގައި ހައްދުފަހަނަ އަޅާދަނީ މީހެއް ލައިގެން ހުންނަ ހެދުމާއި މަލަމަތި ހުންނަ ގޮތަކުން ނޫންކަމުގައެވެ.

“މިއަކަށް ހައްލެއް ނާންނާނެ ބުރުގާ މަނާކުރުން، މޫނު ބުރުގާ އެޅުން މަނާކުރުމުން. ތުނބުޅިލާފައި ތިބޭ މީހުން ހައްޔަރުކޮށް ތުނބުޅި ބޭލުމުން ކަންތައްތައް ދާނީ ގޯހުން” ޑރ.މަޖީދު ވިދާޅުވިއެވެ.

ޖަމާލް އަބްދުއްނާސިރުގެ ޓެރެރިޒަމް ރާއްޖޭގައި

ރޭ ޖަލްސާއަށް ހާޒިރުވި އެތައްސަތޭކަ މީހުންނާ މުހާތަބް ކުރައްވައި ސައޫދީ އަރަބިއްޔާއިން މަތީ ތައުލީމު ހާސިލް ކުރެއްވި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ހުސެން ރަޝީދު އަހުމަދު ވިދާޅުވީ ރައީސް މައުމޫނު ރާއްޖޭގައި މިހާރު ހިންގަމުންދަނީ މިސްރުގެ ކުރީގެ ރައީސް ޖަމާލް އަބްދުއްނާސިރުގެ ޓެރަރިޒަމް ކަމަށެވެ. “އޭނާގެ ދަރިވަރެއް ރައީސް މައުމޫނަކީ” ޝައިޚް ހުސެން ވިދާޅުވިއެވެ. ޝައިޚް ހުސެން ވިދާޅުވިގޮތުގައި ރައީސް މައުމޫނު މިސްރުގައި ކިޔަވަން އުޅުނު ދުވަސްވަރު މުޒާހަރާ ކޮށްގެން އޭރު ރާއްޖޭގެ ރައީސް ވެލާނާގޭ އިބްރާހީމް ނާސިރު އަޒްހަރުގައި ހުރި ދިވެހި ކުދިން ރާއްޖެ ގެންނަން މަސައްކަތް ކުރިއެވެ. “މިހެންވެ ކިޔަވަން އުޅުނު 16 ކުއްޖަކު ރައީސް ޖަމާލް އަބްދުއް ނާސިރުގެ ހިމާޔަތް ހޯދީ” ޝައިޚް ހުސެން ވިދާޅުވިއެވެ. “އެ ޓެރެރެރިޒަން އޭނާ މިހިންގ

0 Responses to “ބުރުގާއާއި ދެކޮޅަށް މަތީ މަޖިލިހުން އިއުލާނު ނެރެފިނަމަ އެއްވެސް ބަޔަކު އަމަލު ނުކުރުމަށް ޢަދާލ”

Posting Komentar