Rabu, 19 September 2007

ިSix arrested in Hulhu-Male’ for abusing, dealing drugs

image ރ. އަތޮޅު އުނގޫފާރުން ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހުން އަތުލައިގެންފި ކަމަށް އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހާމަކުރައްވައިފިއެވެ. އިރުއޮބްޒާވަރަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ސާރޖަންޓު އިބްރާހިމް ފާއިޒް، ވިދާޅުވީ، އެމީހުން ބަންދު ކުރެވުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 23:00 ގައި ބަޔަކު މަސްތުވާ ތަކެތި ގެންގުޅޭ ޙަބަރު ލިބިގެން އެސަރަހަށް ދަށް ގޮސްބެލިއިރު އެމީހުންގެ އަތުން މަސްތުވާ ތަކެތި ފެނިގެން ކަމަށެވެ. އެ4މީހުން އަތުން މަސްތުވަތަކެއްޗަށް ޝައްކުކުރެވޭ މުށިކުލައިގެ ކުނޑިހުރި އެއް ބުލެޓާއި، 2 ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ގެންގުޅޭ ބައެއް އާލާތް ފެނިފައިވާ ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ. މިމީހުންނަކީ ސުނާމީގެ ސަބަބުން އުނގޫފާރުގެ ވަގުތީހިޔާތަކުގައި ދިރިއުޅޭ ކަނދޮޅުދޫ ބައެއްކަމަށާއި މިމީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްވެސް ވާކަމަށް ފާއިޒު ވިދާޅުވިއެވެ. މިހާރު މިމީހުންގެ ތެރެއިން 18 އަހަރުގެ ކުއްޖާއާއި، 21 އަހަރުގެ ކުއްޖާވަނީ އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ކަމަށާއި، 18 އަހަރުނުފުރޭ ކުޑަކުއްޖާ ވަނީ ގޭގައި ބަންދުކުރެވިފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

0 Responses to “ިSix arrested in Hulhu-Male’ for abusing, dealing drugs”

Posting Komentar